ދުނިޔެއަށް ޖެހެމުން މިދާ ތަރައްޤީގެ ހަމަވައި ވޭތުވެދިޔަ އަހަރުތަކުގައި އަޅުގަނޑުމެން ދިވެހިންނަށް ވެސް އައީ ލިބެމުންނެވެ. އެކި މޫސުމުގައި އެކިވަރަށެވެ. ދުވެލި މަޑުވާ ފަހަރާއި ބާރުވާ ފަހަރެވެ. ޔަޤީނުން ވެސް އެނގޭ ކަމަކީ ތަރައްޤީ އަންނަކަމެވެ. ނަމަވެސް މިތަރައްޤީ އަޅުގަނޑުމެންނާ ހަމައަށް އަންނަނީ ދުނިޔޭގެ އެހެންވެސް ތަރައްޤީ ވެފައިވާ ޤައުމުތަކަށް އައިސްފައިވާ ބީދައިންތޯ ބަލާލުން އެއީ އަޅުގަނޑު ހިތުން…
ދުނިޔޭގެ އެހެން ޤައުމުތަކެކޭ އެއްފަދައިން އަޅުގަނޑުމެންގެ މި ދިވެހިރާއްޖޭގައި ވެސް ޤައުމަށްޓަކައި ޤުރުބާންވި ދަރިންތަކެއް މި ޤައުމު ދެކެފައިވެއެވެ. އެހީއަށް އެދި ޤައުމު އޭގެ ޙާލުގެ ދުލުން ގޮވައިލި ކޮންމެ ހިނދެއްގައި ކޮންމެ ދުވަސްވަރެއްގައި ޤައުމު ސަލާމަތުގެ އައްސޭރިއަށް ގެންގޮސްދިނުމުގެ މަތިވެރި ޢަޒުމުގައި ހިތްވަރާއެކު ޖިހާދުކުރި އެތައް އަބުޠާލުންތަކެއް މި ޤައުމު ދެކެފައިވެއެވެ. އެފަދަ ބައެއް އަބުޠާލުންނަކީ މި…
ކަމެއް ކާމިޔާބު ވުމުގައި ކޮންމެހެން ހަމަވާންޖެހޭ އުންސުރުތަކެއް ހުރެއެވެ. އެކަމަކަށް ގަދައަޅައި މަސައްކަތްކުރުމާއި އެކަމެއް ކާމިޔާބުވުމަށް ބޭނުންވާނޭ ތަމްރީނާއި ވަޞީލަތްތައް ހޯދުމާއި ރަނގަޅު ރޭވުންތެރިކަމެއް އޮތުމަކީ މި ދެންނެވި އުންސުރުތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ. މި ކަންތައްތަކުގެ އިތުރަށް ދެން އޮންނަނީ އެބައެއްގެ ތެރޭގައި އޮންނަ އެއްބައިވަންތަކަމެވެ. މިއީ ކޮންމެ ކަމެއްވެސް ކާމިޔާބުވުމަށް ބޭނުންވާ ގުޅުންތައް ގުޅުވައިދޭ ބޮޅުފައްޗެވެ.…
އެހެން ރޭތަކާ މާބޮޑު ތަފާތެއްނެތެވެ. އުޑުމަތި ސާފެވެ. ހިތްފަސޭހަ މަޑުފިނި ވައިރޯޅި ޖެހެމުންދާ ރެއެކެވެ. ދިވެހިންގެ ކޮންމެ މީހަކު ވެސް އެރޭ ނިދަން އޮށޯތީ މާދަމާ ކުރާނެ ކަންތައްތަކުގެ ޕްލޭން ކުރަމުންނެވެ. މަސްވެރިން މަހަށް ދިއުމަށެވެ. ދަރިވަރުން ސުކޫލަށް ދިއުމަށެވެ. އަނެއްބަޔަކު ވަޒީފާއަށް ދިއުމަށެވެ. އެހެން އެފަދަ ރޭތަކާ ހަމަ އެއްވެސް ތަފާތެއް ނެތެވެ. އަޅުގަނޑުހުރީ…
ޞައްދާމް ޙުސައިން ނުވަތަ ޞައްދާމް ޙުސައިން ޢަބުދުލް މާޖިދު އަލްތިކްރީތީ އަކީ އިރާޤް ގެ 5 ވަނަ ރައީސްއެވެ. ޞައްދާމް ޙުސައިން ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ މީލާދީން 1937 ވަނައަހަރުގެ އޭޕްރީލް 28 ވަނަދުވަހު، އިރާގްގެ ތިކްރީތް ކައިރީ، އެރަށާ 170 ކިލޯމީޓަރ ދުރުގައި އޮންނަ އަވަށެއްކަމުގައިވާ އަލް އަވްޖާ ގައެވެ.
ޞައްދާމް އެންމެ ފުރަތަމަ ތަޢުލީމް ޙާޞިލްކޮށްފައިވަނީ…
މަތީގައިވާ ސުރުޚީގައިވާ އިބާރާތަކީ އަޅުގަޑުމެންގެ ދިވެހިންގެ ތެރޭގައި ވަރަށް ޢާންމުކޮށް ބުނެ އުޅޭ އިބާރާތެކެވެ. ވަރަށް އިހުއްސުރެން ފެށިގެން ތަހުޒީބުގެ މިއަދާ ހަމައަށް ވެސް މެއެވެ. އެހެންނަމަވެސް މި އިބާރާތުން ދޭހަވާ އެއްޗަކާ މެދު ވިސްނަނީ ކިތައްމީހުން ބާވައެވެ. ކިތައް ވެރިން ބާވައެވެ. ކިތައް މުވައްޒަފުން ބާވައެވެ. ނޫނީ ކިތައް އޮގަނައިޒޭޝަނުން ބާވައެވެ. ހައްތަހާ ވެސް ސުވާލެވެ. އެހެންވީރު…
ހުސެންފުޅަކީ ވަރަށް އާދައިގެ އާއިލާއަކަށް އުފަންވެފައި ހުރި ކުއްޖެކެވެ. އުޅެ ބޮޑުވީ މައިންބަފައިންގެ ބަސްއަހާ ކުއްޖެއްގެ ގޮތުގައެވެ. މާގިނައިން ތަންތަނަށް ގޮސްއުޅޭ ކުއްޖެއް ނޫނެވެ. އަމުދުން ރަށުން ބޭރަށް ވެސް ދިޔައީ ދެތިންފަހަރަކުއެވެ. އެއީ ކަނޑުމަގުންނެވެ. މިހާތަނަކަށް ރާއްޖެއިން ބޭރަށް ދަތުރެއް ކޮށްފައެއް ނެތެވެ. ނުވިތާކަށް ރާއްޖޭގައި ވެސް އަދި މަތިންދާ ބޯޓެއްގައި ދަތުރެއްކޮށްލެވިފައެއް ނުވެއެވެ. ހުސެންފުޅަކީ މިހާރު…
އަޅުގަނޑުމެން ދިވެހިންނަކީ ވަރަށް މަތިވެރި ނިޢުމަތްތަކެއް ލިބިފައިވާ ބައެކެވެ. ﷲގެ ހެޔޮރަޙުމަތުގައި އަޅުގަނޑުމެން އުޅެމުން މިދަނީ މިނިވަން ދިދައެއްގެ ހިޔަލުގެ ދަށުގައި މިނިވަންކަމާއެކުގައެވެ. އަޅުގަނޑުމެންގެ ފަޚުރުވެރި މާޒީއެއް އެބައޮތެވެ. ފަޚުރުވެރި ތާރީޚެއް އެބައޮތެވެ. މި ފަޚުރުވެރި ތާރީޚު އަޅުގަނޑުމެންނާ ހަމައަށް އުފުލައިދިން ސަވާރީއަކީ އަޅުގަނޑުމެންގެ ފަޚުރުވެރި ދިވެހިބަހެވެ. އާދެ އަޅުގަނޑުމެންގެ އަަމިއްލަ ވަންތަ އަމިއްލަ މާދަރީ ބަހެވެ. އަމިއްލަ…
ކޮންމެ ޤައުމެއްގެ ޙަޔާތުން އަންނާނެ އެންމެ މުހިންމު އެއް ދުވަހަކީ އެ ޤައުމެއްގެ މިނިވަންދުވަހެވެ. ޤައުމެއް ޤައުމެއްގެ ގޮތުގައި ތަސައްރަފު ފުދިގެން އަންނަނީ އެއީ މިނިވަން ޤައުމެއްގެ ގޮތުގައި ބަލައިގަންނަ ހިސާބުންނެވެ. އެ ޤައުމެއްގެ ރައްޔިތުންނަށް މިނިވަންކަމުގެ ފޮނިމީރުކަން ލިބެންފަށާ ހިސާބުންނެވެ. ދިވެހިރާއްޖޭގެ މިނިވަން ދުވަހުގެ ގޮތުގައި ފާހަގަކުރަނީ އިނގިރޭސީންގެ ޙިމާޔަތުގެ ދަށުން ރާއްޖެ ވީއްލުނު ދުވަހެވެ. އެއީ…
ވާހަކަދެއްކުންތެރިކަމުގެ ހުނަރު ދަސްކުރަން ޖެހޭ ވަރަށް ގިނަ ސަބަބުތަކެއްވެއެވެ. މި ހުނަރު ދަސްކުރުމަކަށް ވަކި ޢުމުރުފުރައެއް މުހިންމެއް ނޫނެވެ. މިއީ ހަމަ ކޮންމެ ޢުމުރުފުރާއެއްގެ ބަޔަކަށް ވެސް ކުރެވިދާނެ ކަމެކެވެ. ބޭނުންވަނީ ކުޑަ ހިތްވަރެކެވެ. ޙަޔާތުގެ ސިޑީގެ އެންމެ ތިރީ ހަރުފަތުން ފެށިގެން އެންމެ މަތީ ހަރުފަތާ ހަމައަށް ވެސް މި ހުނަރު ލިބިގަތުމަށް މަސައްކަތްކުރަން ޖެހެއެވެ. އެއިރެއްގައި…