ވާހަކަދެއްކުންތެރިކަން 8ވަނަ ބަޔާގުޅޭ . . .
އާންމުންގެ ކުރިމަތީގައި ވާހަކަދެއްކުމާ މެދު އުފެދޭ ބިރުވެރިކަން ކޮންޓްރޯލްކުރުމަށް ޓަކައި، ތިމާގެ ހިތަށް ހިތްހަމަޖެހުން ގެނެސްދޭ އެކި ކަހަލަ އުކުޅުތަކުގެ ބޭނުން ހިފިދާނެއެވެ. ވާހަކަދެއްކުމުގައި ދިމާވާ ހިތްނުތަނަވަސްކަން (ސްޕީޗް އެންޒައިޓީ) ކުޑަކުރުމަށް އެޅޭ ފުރަތަމަ ފިޔަވަޅަކީ، ކޮންމެ ތަގުރީރަކަށް ވެސް ސާފު އަދި ފުރިހަމަ ޕްލޭނެއް އެކުލަވާލުމެވެ.
ތައްޔާރުވުމާއި ފަރިތަކުރުން…
އަޑުއިވުމަކީ އަޑުއެހުމެއް ނޫނެވެ. ބަޔަކު ދައްކާ ވާހަކައެއް ތިމާއަށް އަޑުއިވިދާނެއެވެ. ނަމަވެސް އެ ދެއްކީ ކޮންވާހަކައެއްކަން އެ އަޑަށް ސަމާލުކަން ނުދިނުމުގެ ސަބަބުން ނޭނގި ހިގައިދާނެއެވެ. އެހެންކަމުން އަޑުއެހުމާ އަޑެއް ކަންފަތަށް އިވުމާ އެއީ ވަރަށް ބޮޑު ތަފާތެއް އޮތް ދެކަމެވެ. އެދެވޭ ގޮތެއްގައި އަޑުއެހުމަކީ ހަމައެކަނި ބަސްތަކެއް އަޑުއިވުމަށްވުރެ ފުޅާ، މާ މުހިންމު ހުނަރެކެވެ. މި ފިލާވަޅުގައި…
ވާހަކަދެއްކުންތެރިކަން 7ވަނަ ބަޔާ ގުޅޭ...
ކޮންމެ މީހަކަށް ވެސް، އަދި ކިތަންމެ ތަޖުރިބާކާރު ވާހަކަދައްކުންތެރިއަކަށް ވީ ނަމަވެސް، ތަގުރީރެއް ދިނުމުގެ ކުރިން ނުވަތަ ބަޔަކާ މުޚާތަބުކޮށް ވާހަކަދައްކަން ފެށުމުގެ ކުރިން ޖެހިލުންވުމަކީ އާންމުކޮށް ވާކަމެކެވެ. ދިރާސާއަކުން ދައްކާ ގޮތުގައި، އާންމުންގެ ކުރިމަތީގައި ވާހަކަދެއްކުމުގެ ހުނަރު ދަސްކޮށްދޭ ކޯސްތަކުގައި ބައިވެރިވާ ދަރިވަރުންގެ މަދުވެގެން 75 އިންސައްތަ މީހުން ކޯސް ފަށަނީ…
ގިނަ ބައެއްގެ ކުރިމަތީގައި ވާހަކަދައްކަން ބިރުގަނޭހެއްޔެވެ؟ ޕޯޑިއަމްގައި ހުރެ ބަޔަކާ ވާހަކަދައްކަން ޖެހިލުންވޭހެއްޔެވެ؟ ނޫނީ ކުލާހުގައި އެހެން ދަރިވަރުންގެ ކުރިމަތީގައި ޕްރެޒެންޓޭޝަނެއް ދޭން ޖެހިލުންވޭހެއްޔެވެ؟ ބުޅާދެކެ ބިރުގަނޭތަ؟ ނޫނީ އެމްއާރުއައި މެޝިނަށް ބޯކޮޅު ކޮށްޕަން ބިރުގަނޭތަ؟ މިއިން ކޮންމެ ބިރަކީ ތަފާތު ބިރެކެވެ. ބައެއް ކަންކަމަކީ ހަމަ ބިރެވެ. އަނެއް ބައި ބިރަކީ އެއަށްވުރެ ބޮޑު ނަމެއް ކިޔަންޖެހޭ…
މުއާމަލާތުކުރުމުގެ ތިއަރީތަކާއި މޮޑެލްތައް ދެނެގަތުމަކީ މައުލޫމާތު ބަދަލުކުރާ ގޮތް ދިރާސާކޮށް ހަރުދަނާކުރުމަށް ކޮންމެހެން އެނގެންޖެހޭ ކަމެކެވެ. މި ފިލާވަޅުގައި ބަލައިލާނީ އެއްކޮޅަށް ހިނގާ އާދައިގެ މުއާމަލާތްތަކުން ފެށިގެން ދެފަރާތުން އެކުއެކީގައި މެސެޖު ބަދަލުކުރާ، އެންމެ ފުޅާ މޮޑެލްތަކަށް މުއާމަލާތުގެ ތިއަރީތައް ބަދަލުވަމުންދާ ގޮތުގެ މައްޗަށެވެ. އަދި މުއާމަލާތަށް ހުރަސްއަޅާ އާންމު ސަބަބުތަކާއި، ތަފާތު ހާލަތްތަކުގައި ކާމިޔާބު މުއާމަލާތެއް ކުރުމަށް…
މުއާމަލާތުކުރުމަކީ އިންސާނީ ގުޅުންތަކުގެ ދިރުމެވެ. އެއީ ތަފާތު ބާވަތްތަކާއި އެކި ވަސީލަތްތައް މެދުވެރިކޮށް ހިނގާ ކަމެކެވެ. މި ފިލާވަޅުގައި އަލިއަޅުވާލާނީ އަނގަބަހުންނާއި ނިޝާންތަކުން ކުރެވޭ މުއާމަލާތްތަކުން ފެށިގެން، ލިޔުމުންނާއި އަނގަބަހުން ކުރެވޭ މުއާމަލާތްތަކަށެވެ. އަދި ރަސްމީ އަދި ނުރަސްމީ މުއާމަލާތްތަކުގެ މެދުގައިވާ ތަފާތުތަކުގެ މައްޗަށެވެ. މި ތަފާތުތައް ދެނެގަތުމަކީ އަމިއްލަ ގުޅުންތައް ބަދަހިކުރުމަށާއި، ވަޒީފާގެ މައިދާނުގައި ކާމިޔާބީ ހޯދުމަށާއި،…
މިއަދުގެ މުޖުތަމައުގައި ތަފާތު އަދި ޚިޔާލުތަފާތުވުން ބޮޑު ޚިޔާލުތައް ގިނަވުމުގެ ސަބަބުން، އާންމުންގެ ކުރިމަތީގައި ވާހަކަދެއްކުމުގެ މުހިންމުކަން ވަނީ އިތުރުވެފައެވެ. މުޖުތަމައުގައި ހަމަޖެހިގެން އުޅުމަށް ޓަކައި މީހުން އެ މީހުންގެ ޚިޔާލުތައް ފާޅުކުރަންޖެހެއެވެ. ވޭތުވެދިޔަ ސާޅީސް ގަރުނުގެ ތެރޭގައި، އާންމުންގެ ކުރިމަތީގައި ވާހަކަދެއްކުމަކީ ދިމިގުރާތީ މުޖުތަމައެއް ބިނާކޮށް ދެމެހެއްޓުމުގެ މައިގަނޑު ތަޅުދަނޑިއެވެ. މީގެ ނުފޫޒު ވަރަށް ތަނަވަސްވެފައި، ވިސްނުމާއި…
މުއާމަލާތުކުރުމަކީ އިންސާނީ ގުޅުންތަކުގެ އަސާސެވެ. އަމިއްލަ ދިރިއުޅުމާއި ވަޒީފާގެ މައިދާނުގައި ކާމިޔާބީ ހޯދުމަށް ކޮންމެހެން ބޭނުންތެރި ކަމެކެވެ. މުއާމަލާތުކުރުމުގެ ހުނަރު ދަސްކޮށްދިނުމުގެ ނިޔަތުގައި މި ފަށާ މަސައްކަތުގައި ފުރަތަމަ މި އަލިއަޅުވާލާނީ މުއާމަލާތުކުރުމުގެ އަސާސީ މަފްހޫމްތަކާއި، މުއާމަލާތުކުރުމުގެ މަރުހަލާތަކާއި، އެކުލެވިގެންވާ ބައިތަކުގެ އިތުރުން، ދިރިއުޅުމުގެ އެކި މައިދާންތަކުގައި މުއާމަލާތުކުރުން އަދާކުރާ މުހިންމު ދައުރަށެވެ.
1. މުއާމަލާތުކުރުމުގެ މާނައާއި މުހިންމުކަން…
ތިޔަ ހުރެވުނީ ކުލާސްރޫމެއްގެ ތެރޭގައި ކަމަށް ޚިޔާލަށް ގެންނާށެވެ. އެތަނުން އެންމެ ރަނގަޅަށް ވާހަކަދައްކާނީ ކާކުހެއްޔެވެ؟ ކުލާހުން އެންމެ ރަނގަޅަށް ވާހަކަދައްކާނެކަމަށް ހީވާ މީހުން ފާހަގަކޮށްލާށެވެ. އެމީހުންނަކީ އެމީހުންގެ ނަފުސަށް މާބޮޑަށް ޔަޤީންކަން އޮންނަ މީހުން ކަމަށް ހީވެދާނެއެވެ. އަދި ފަހަރުގާ އެމީހުން އެމީހުންގެ ނަފުސާމެދު އޮންނަ ޔަޤީންކަމަށް ވުރެ ތިބާއަށް އެމީހުންގެ ނަފުސަށް މާބޮޑަށް ޔަޤީންކަން އޮތްކަމަށް…
ވާހަކަދެއްކުންތެރިކަމުގެ އެންމެ މުހިންމު އެއްބަޔަކީ މުއާޞަލާތުކުރުމެވެ. "މުއާޞަލާތު" މި ލަފުޒުން ތަފާތު މާނަތައް ދޭހަވެއެވެ. އެގޮތުން ގުޅުން އުފެއްދުމުގެ ޢަމަލަށް ވެސް މުއާޞަލާތު ކިޔައި އުޅެއެވެ. އަނގަބަހުން ބުނެގެން ނުވަތަ ލިޔެގެން އަންގާ އެންގުމަށް ނުވަތަ ދެކެވޭ ވާހަކައަށް ވެސް މުއާޞަލާތު ބޭނުންކުރެއެވެ. މަޢުލޫމާތު ބަދަލުކުރުމަށް ކުރެވޭ ޢަމަލުތަކަށް ވެސް މުއާޞަލާތު ބޭނުންކުރެއެވެ. ހަމައެހެންމެ ބައެއްފަހަރު ދަތުރުފަތުރުކުރުމުގެ ނިޒާމަށް…