ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން އެކަމަށް އެދި ހުށަހަޅާ އޮންލައިން ފޯމު އަމިއްލައަށް ފުރައި ހުށަހަޅަން އެނގުނުހެއްޔެވެ؟ އޮންލައިންކޮށް ބޭންކް އެކައުންޓެއް ހުޅުވަން އެނގޭހެއްޔެވެ؟ އާސަންދަ ޕޯޓަލްއިން ބޭސްފަރުވާގެ އެހީ ހޯދުމަށް އެދި ހުށަހަޅާ ފޯމު ހުށަހަޅަން އެނގުނު ހެއްޔެވެ؟ ނޫނީ އީފާސްމެދުވެރިކޮށް ލޮގިންވާން އެނގުނުހެއްޔެވެ. ކަރަންޓުބިލާއި ފެންބިލް އޮންލައިކޮށް ބަލާލައި އެ ބިލުތައް ދައްކަން އެނގޭހެއްޔެވެ؟ ނޫނީ ހޮސްޕިޓަލްތަކުގެ…
ފުރަތަމަ ބޮޑު ހަނގުރާމައަށްފަހު، ދުނިޔޭގެ ޞުލްޙަ ބެލެހެއްޓުމަށްޓަކައި "ލީގް އޮފް ނޭޝަންސް" އުފެދުނު ނަމަވެސް، ދިގު މުއްދަތެއްގައި އެ ޖަމްޢިއްޔާ ވެގެންދިޔައީ ނާކާމިޔާބު އެއްޗަކަށެވެ. އެކި ސަބަބުތަކާހުރެ ދުނިޔޭގެ ޞުލްޙަ ދެމެހެއްޓުމުގައި ޤައުމުތައް ނާކާމިޔާބުވުމުގެ ހިތި ނަތީޖާއަކީ ދެވަނަ ބޮޑު ހަނގުރާމަ ފެށުމެވެ. އެހެންކަމުން، ދުނިޔޭގެ ޞުލްޙައަށްޓަކައި އެޅުނު އެންމެ މުހިންމު ފިޔަވަޅަކީ އދ. (ޔުނައިޓެޑް ނޭޝަންސް) އުފެއްދުމެވެ.…
ތަޢާރަފް
2000 ގެ އަހަރުތަކަށް އެޅުނުއިރުވެސް "ޑިމޮކްރަސީ" މި ލަފުޒަކީ ދިވެހީންނަށް ވަރަށް ބީރައްޓެހި ލަފުޒެކެވެ. ޑިމޮކްރެޓިކް ސިފަތައް އެކުލެވިގެންވާ ވެރިކަމެއްގައި ހިމެނެނީ ކޮންކަހަލަ ސިފަތަކެއްކަން ދިވެހިންނަކަށް ނޭނގެއެވެ. ނަމަވެސް ދިވެހިން ވެސް އިންތިޚާބުތަކުގައި ވޯޓުލައެވެ. ރައީސްވެސް ހޮވައެވެ. އެކަމަކު 2008 ވަނައަހަރާ ހަމައަށް މިހާރުގެ ޖީލުތަކަށް ފެނުނީ 30 އަހަރުގެ ދިގުމުއްދަތަކަށް ވެރިކަންކުރި ރައީސް މައުމޫން ޢަބްދުލް…
މުޅި ދުނިޔޭގައި ވެސް ޑިމޮކްރަސީއާއި އެންމެ ބީރައްޓެހި ޤައުމުތައް ހިމެނޭ ސަރަހައްދަކީ މެދުއިރުމައްޗާއި އެފްރިކާ ސަރަހައްދެވެ. ނަމަވެސް 2011 ވަނައަހަރު މި ސަރަހައްދުގައި އުތުރިއެރި އަރަބް ސްޕްރިންގެ ހަރަކާތްތަކާއެކު ޚުދުމުޚުތާރު ވެރިކަންތައް ކުރަމުން އައި ޤައުމުތަކަށް ޑިމޮކްރެޓިކް ވެރިކަންތަކެއް ޤާއިމްކުރެވިދާނެ ކަމުގެ ކުލަވަރުތައް ފެންނަންފެށިއެވެ. މި ކުލަވަރު އެންމެ ފުރަތަމަ ފެންނަންފެށީ އެފްރިކާގެ ކުޑަ ޤައުމެއް ކަމަށްވާ ޓިއުނީޝިއާއިންނެވެ.…