ބައިނަލްއަޤްވާމީ ގުޅުންތަކުގެ ތާރީޚަކީ ތަފާތު އިސްތިޤްލާލީ ބާރުތަކާއި، ދައުލަތްތަކާއި، އަދި އަންބަރާތޫރިއްޔާތަކުން އެކަކު އަނެކަކާ ގުޅުން ބަހައްޓައި، ބާރުވެރިކަން ހޯދުމަށާއި ސުލްޙަޔާއި ތަރައްޤީއަށް ޓަކައި މަސައްކަތްކުރި ގޮތުގެ ތަފުޞީލެވެ. މީގެ ފެށުން ގުޅިފައިވަނީ ޤަދީމީ ޒަމާނުގެ ސުމާރީންނާއި، މިޞްރާއި، ޗައިނާ އަދި ޔޫނާނީ (ގްރީކް) ސިޓީ-ސްޓޭޓްތަކުގެ މެދުގައި ވެވުނު އެއްބަސްވުންތަކާއި ޚާރިޖީ ގުޅުންތަކާއެވެ. ނަމަވެސް، ޒަމާނީ ބައިނަލްއަޤްވާމީ ނިޒާމުގެ…
ފުރަތަމަ ބޮޑު ހަނގުރާމައަށްފަހު، ދުނިޔޭގެ ޞުލްޙަ ބެލެހެއްޓުމަށްޓަކައި "ލީގް އޮފް ނޭޝަންސް" އުފެދުނު ނަމަވެސް، ދިގު މުއްދަތެއްގައި އެ ޖަމްޢިއްޔާ ވެގެންދިޔައީ ނާކާމިޔާބު އެއްޗަކަށެވެ. އެކި ސަބަބުތަކާހުރެ ދުނިޔޭގެ ޞުލްޙަ ދެމެހެއްޓުމުގައި ޤައުމުތައް ނާކާމިޔާބުވުމުގެ ހިތި ނަތީޖާއަކީ ދެވަނަ ބޮޑު ހަނގުރާމަ ފެށުމެވެ. އެހެންކަމުން، ދުނިޔޭގެ ޞުލްޙައަށްޓަކައި އެޅުނު އެންމެ މުހިންމު ފިޔަވަޅަކީ އދ. (ޔުނައިޓެޑް ނޭޝަންސް) އުފެއްދުމެވެ.…
ތަޢާރަފް
ދިވެހިރާއްޖެއަކީ އިންޑިއާ ކަނޑުގައި އޮންނަ ޖަޒީރާ ޤައުމެކެވެ. ބައިނަލްއަޤުވާމީ މުޖުތަމަޢުގައި ރާއްޖެ މަޝްހޫރުވެފައިވަނީ ރާއްޖޭގެ ޖިއޮގްރަފީ އޮނިގަނޑާއި، ތިމާވެށީގެ ނާޒުކުކަމާއި، އަދި ދުނިޔޭގެ ކަނޑުގެ ދަތުރުފަތުރުގެ ނިޒާމުގައި އޮތް އިސްތިރާޖީ މުހިންމު ސަރަހައްދީ މަޤާމުގެ ސަބަބުންނެވެ. ރާއްޖެއަކީ ބިމުގެ ބޮޑުމިނަށާއި އާބާދީއަށް ބަލާ އިރު ދުނިޔޭގައި އޮތް އެންމެ ކުދި ޤައުމުތަކުގެ ތެރެއިން އެއް ޤައުމަށް ވުމުން،…
"އިންޓަރނޭޝަނަލް ރިލޭޝަންސް" މި މާއްދާއަކީ ރާއްޖޭގެ ތަޢުލީމީ ނިޒާމުގެ ތެރޭގައި ތަންކޮޅެއް މަދުން އިވޭ އަޑެކެވެ. މި މާއްދާ ރާއްޖޭގައި ކިޔަވައިދޭންފެށީ ވަރަށް ފަހުންނެވެ. ކިޔަވައިދެނީ ވެސް ވަރަށް މަދު ތަނެއްގައެވެ. މި މާއްދާއާ ގުޅޭގޮތުން ދިވެހިބަހުން މާގިނަ ފިލާވަޅުތަކެއް މިހާތަނަށް ލިޔެވިފައެއް ނުވެއެވެ. އަޅުގަނޑުމެން ދިވެހިންނަކީ ފޮތްކިޔަން މާބޮޑު ޝައުގެއް ހުންނަ ބަޔަކަށް ނުވާތީ، މި މާއްދާއާ…