14 ވަނަ ޤަރުނުގައި އުޅުއްވި މޮރޮކޯގެ ރައްޔިތެއް ކަމަށްވާ އިބުން ބަޠޫޠާއަކީ އެޒަމާނުގައި އުޅުއްވި އެންމެ އަރާހުންނެވި އެއް ދަތުރުވެރިޔާއެވެ. އިބުނު ބަތޫތާ އެއްފަހަރަކު ލިޔުއްވާފައިވެއެވެ. "ދަތުރުފަތުރުކުރުމަކީ އިންސާނާ ޙައިރާންކޮށް، ބަސްހުއްޓުވާލުމަށްފަހު، ވާހަކަ ކިޔައިދޭމީހަކަށް ބަދަލުކޮށްލާ ކަމެކެވެ." މި ލިޔުމުގައި ބަލައިލެވިފައިވާނީ ޠަންޖާއިން (ޓެންޖިއާ) ފެށިގެން ގޮސް އެއަށްވުރެ ދުރަށް އިބުނު ބަތޫތާ ކޮށްފައިވާ ދަތުރުތަކަށެވެ.
އިބުން ބަޠޫޠާ…
އިސްލާމީ ރަންޒަމާން ފެށެން މެދުވެރިވި ސަބަބަކީ ވަރަށް ގިނަ ކަންތައްތަކެއް އެކުލެވޭ ސުވާލެކެވެ. އަދި އިންސާނީ ތާރީޚުގެ އެހެން ދުވަސްވަރުތަކެކޭ އެއްފަދައިން، މި ދުވަސްވަރަކީ ވެސް ވަކި ޚާއްޞަ ދަނޑިވަޅެއްގައި އެކުވި ގިނަ ކަންތައްތަކެއްގެ ނަތީޖާއެއްގެ ގޮތުގައި ބަލަންޖެހެއެވެ.
އިސްލާމީ ރަންޒަމާން އުފެދި ކުރިއަރައި ދިއުމުގައި ހިމެނޭ ވަރަށް މުހިންމު އެއް ސަބަބަކީ އައްބާސީ ދައުލަތުން އެކަމަށް ދިން…
ޢިލްމުވެރިކަމުގެ ރަންޒަމާނޭ ބުނެވެނީ ޢިލްމުވެރިކަމާއި ތަހުޒީބާއި ތަމައްދުންގެ ރޮނގުން އާދަޔާ ޚިލާފު ކުރިއެރުމެއް ހޯދާފައިވާ ދުވަސްވަރަށް ނިސްބަތްކޮށްފައެވެ. މުސްލިމުންގެ ރަންޒަމާނުގައި ކުރިއެރުން ލިބިފައިވަނީ ތަފާތު އެތައް ދާއިރާތަކަކުންނެވެ. މި ދުވަސްވަރު ޤާއިމްވެފައިވާ މުސްލިމް ވެރިކަންތަކުން ޢިލްމު ކުރިއެރުވުމަށް ގިނަގުނަ މަސައްކަތްތަކެއް ކޮށްފައިވެއެވެ.
އައްބާސީ ދައުލަތުގެ ޚަލީފާ މައުމޫން ވެރިކަން ކޮށްފައިވަނީ 813ހ އިން 833ހ އަށެވެ. މި ދުވަސްވަރު…
ސައިންސާއި ޓެކްނޮލޮޖީގެ ގޮތުން ދުނިޔެ ކުރިއަރައި ދިއުމުގައި މުސްލިމް ޢިލްމުވެރިން ވަރަށް މުހިންމު ދައުރެއް އަދާކޮށްފައިވެއެވެ. ޚާއްޞަކޮށް އިސްލާމީ ޢިލްމުވެރިކަމުގެ ރަންޒަމާނުގައި މުސްލިމް ޢިލްމުވެރިން ކޮށްފައިވާ ޚިދުމަތްތައް ވަރަށް ވެސް ގިނައެވެ. އޭގެތެރެއިން ވަރަށް ގިނަ ކަންތައްތަކަކީ މިއަދު މިދެކޭ ކުރިއެރުމާއި ތަރައްޤީގެ އަސްލެވެ. ހިސާބު ޢިލްމާއި ބޭސްވެރިކަމާއި ފަލަކީ ޢިލްމާއި ޖިއޮގްރަފީއާއި ބަހަވީ ޢިލްމާއި ޅެންވެރިކަމަކީ މުސްލިމުންގެ…