ފުރަތަމަ ބޮޑު ހަނގުރާމައަށްފަހު، ދުނިޔޭގެ ޞުލްޙަ ބެލެހެއްޓުމަށްޓަކައި "ލީގް އޮފް ނޭޝަންސް" އުފެދުނު ނަމަވެސް، ދިގު މުއްދަތެއްގައި އެ ޖަމްޢިއްޔާ ވެގެންދިޔައީ ނާކާމިޔާބު އެއްޗަކަށެވެ. އެކި ސަބަބުތަކާހުރެ ދުނިޔޭގެ ޞުލްޙަ ދެމެހެއްޓުމުގައި ޤައުމުތައް ނާކާމިޔާބުވުމުގެ ހިތި ނަތީޖާއަކީ ދެވަނަ ބޮޑު ހަނގުރާމަ ފެށުމެވެ. އެހެންކަމުން، ދުނިޔޭގެ ޞުލްޙައަށްޓަކައި އެޅުނު އެންމެ މުހިންމު ފިޔަވަޅަކީ އދ. (ޔުނައިޓެޑް ނޭޝަންސް) އުފެއްދުމެވެ.…
ތަޢާރަފް
ދިވެހިރާއްޖެއަކީ އިންޑިއާ ކަނޑުގައި އޮންނަ ޖަޒީރާ ޤައުމެކެވެ. ބައިނަލްއަޤުވާމީ މުޖުތަމަޢުގައި ރާއްޖެ މަޝްހޫރުވެފައިވަނީ ރާއްޖޭގެ ޖިއޮގްރަފީ އޮނިގަނޑާއި، ތިމާވެށީގެ ނާޒުކުކަމާއި، އަދި ދުނިޔޭގެ ކަނޑުގެ ދަތުރުފަތުރުގެ ނިޒާމުގައި އޮތް އިސްތިރާޖީ މުހިންމު ސަރަހައްދީ މަޤާމުގެ ސަބަބުންނެވެ. ރާއްޖެއަކީ ބިމުގެ ބޮޑުމިނަށާއި އާބާދީއަށް ބަލާ އިރު ދުނިޔޭގައި އޮތް އެންމެ ކުދި ޤައުމުތަކުގެ ތެރެއިން އެއް ޤައުމަށް ވުމުން،…
1988 ވަނައަހަރުގެ ނޮވެންބަރު މަހުގެ 3ވަނަ ދުވަހަކީ ދިވެހި ކޮންމެ ރައްޔިތެއްގެ ހިތަށް ވެސް ބިރުވެރިކަމާއި ނާމާންކަން ގެނުވި ދުވަހެކެވެ. އެ ދުވަސް ނިމިގެން ދިޔައީ ދިވެހި އެތައް ޢާއިލާއެއްގެ ލޮލުން ލޭކަރުނަ އޮހޮރާލާފައެވެ. މުޅި ދިވެހިރާއްޖެ ހިތާމައިގެ ފުންކަނޑަކަށް ޣަރަގުކޮށްލާފައެވެ. ނަމަވެސް އެ ދުވަހަކީ ދިވެހިންނަށް ނަޞްރު ލިބުނު ދުވަހެވެ. އެތައް ގޮތަކުން ނަޞްރު ލިބުނު ދުވަހެކެވެ.…
ގައުމެއް ދެމިއޮތުމުގައި އެންމެ މުހިންމު ހިއްސާއެއް އަދާކުރާ އެކައްޗަކީ އެ ގައުމެއްގެ ގައުމިއްޔަތު އޭގެ މައްޗަށް ބިނާވެގެންދާ ގައުމިއްޔަތުގެ ބަހާތަކެވެ. ދިވެހި ގައުމިއްޔަތުގެ މައިގަނޑު ބަހާތައް ކަމަށް އަޅުގަނޑުމެން މި ބަލަނީ މާތްވެގެންވާ އިސްލާމްދީނާއި، ދިވެހިބަހާއި، ދިވެހިންގެ މިނިވަންކަމާއި ދިވެހިންގެ ތާރީޚާއި އާދަކާދައާ ސަގާފަތެވެ. މި ސިފަތަކަކީ އަޅުގަނޑުމެންނަށް ލިބިފައިވާ އެއްބައެއްވަންތަ ސިފަތަކާއެކު، ގައުމެއްގެ އާބާދީ އެކަތިގަނޑެއްގެ ގޮތުގައި…
ލަވަ ހެދީ: ޙުސައިން ޞަލާޙް ޔޫސުފް.
އެކުގައި އެންމެން އަދު ކިޔަމާހޭ، އެކުވެރިވެގެން ތިބެ ކިޔަމާހޭ
އެކު ދެމިލިއަން އަދު ހަމަކޮށްލެވުނީމާ، އެއްއަޑުން ވީ އަޑު އުފުލަމާ
މަރުޙަބާ އޭ، މަރުޙަބާ އޭ، ރާއްޖެއިން މީކިޔާ މަރުޙަބާ
ހޯދި ފަޚުރެއް އަދުގައި…
ތިޔަ ހުރެވުނީ ކުލާސްރޫމެއްގެ ތެރޭގައި ކަމަށް ޚިޔާލަށް ގެންނާށެވެ. އެތަނުން އެންމެ ރަނގަޅަށް ވާހަކަދައްކާނީ ކާކުހެއްޔެވެ؟ ކުލާހުން އެންމެ ރަނގަޅަށް ވާހަކަދައްކާނެކަމަށް ހީވާ މީހުން ފާހަގަކޮށްލާށެވެ. އެމީހުންނަކީ އެމީހުންގެ ނަފުސަށް މާބޮޑަށް ޔަޤީންކަން އޮންނަ މީހުން ކަމަށް ހީވެދާނެއެވެ. އަދި ފަހަރުގާ އެމީހުން އެމީހުންގެ ނަފުސާމެދު އޮންނަ ޔަޤީންކަމަށް ވުރެ ތިބާއަށް އެމީހުންގެ ނަފުސަށް މާބޮޑަށް ޔަޤީންކަން އޮތްކަމަށް…
ވާހަކަ ލިއުނީ: ފާޠިމަތު ޝައިމް ޞަލާޙް
ނަހުލާއަށް ހޭލެވުނީ ކޮންމެވެސް މީހަކު ރޯ އަޑަށެވެ. މިއީ ފަހަކަށް އައިސް ކޮންމެ ރެއަކުހެން ވާ ކަމެކެވެ. މިހާރު ހަފުތާއެއް ވެދާނެއެވެ. ކުޑަދޮރު ކައިރިއަށް ދާއިރު އެއްވެސް މީހަކު ފެންނާކަށް ނުހުރެއެވެ.
މިރޭ ކަން ހިނގީ އެހެން ރޭރެޔާ ޚިލާފަށެވެ. އާދައިގެ މަތިން ކުޑަދޮރު ކައިރިއަށް ދިޔަތަނާ ހީވީ…
ޤައުމު ދެކެ ލޯބިވުމުގެ މަތިވެރި ސިފައަކީ ޤައުމެއްގެ ހަމަ ކޮންމެ ފަރުދެއްގެ ކިބައިން ވެސް ފެންނަންވާނެ ސިފައެކެވެ. ޤައުމު ދެކެ ލޯބިވާ މީހަކު ޤައުމަށް ދެރައެއް ދޭކަށް ނުވަތަ ޤައުމަށް ހުތުރުނަމެއް ލިބޭކަށް ނޭދޭނެއެވެ. އޭގެ ބަދަލުގައި އެދޭނީ އަބަދުވެސް ޤައުމަށް ރަނގަޅު ގޮތްތައް ވުމަށެވެ. އެދޭނީ ޤައުމު ކުރިއަރައި ދިއުމަށެވެ. ޤައުމަށް ރީތިނަން ލިބުމަށެވެ. އަޅުގަނޑުމެން ދިވެހިންނަކީ…
ދިރާސާ ކުރެވޭ މައްސަލައިގެ ތަޢާރަފު
ވާހަކައެއް ރީތިވުމުގައި ވަރަށް ގިނަ ސަބަބުތަކެއް އެކުލެވިގެންވެއެވެ. ވާހަކައެއް ލިޔާއިރު އެ ވާހަކައިގެ ލަފުޒުތަކުން ކިޔުންތެރިންނާ ހަމައަށް އެތައް އިހުސާސްތަކެއް ގެނެސްދޭން ޖެހެއެވެ. މުޙައްމަދު ވަޙީދު ނަދުވީ (2000) ހާމަކުރައްވާ ގޮތުގައި ވާހަކައިގެ އުސްލޫބަކީ ވާހަކައިގެ ވަރަށް މުހިންމު ބައެކެވެ. މިގޮތުން ބަލާއިރު ލިޔުންތެރިޔާގެ ހުނަރުވެރިކަމުގެ ތެރެއިން ކިޔުންތެރިންނަށް އެ ވާހަކައިން ހިތާމައާއި…
ރާގު: ލީވޭ ޕަލަސްތީނާ ކްރޮއްސާ ޒީއޯނީޒަމް (ސްވިޑްން ލަވައެއް)
ދެއްވާށި ފަލަސްތީނަށް ނަޞްރާ ކާމިޔާބާ 2
ލައްވާށި ލައްވާށި ރަޙްމަތް ފަލަސްތީނަށް 2
ލައްވާށި ފަލަސްތީނަށް ރަޙްމަތާއި ނިޢުމަތް 2
ވާނަމޭ އެކުގައި ދިވެހިން 2، ދާނަމޭ އެކުގައި ދިވެހިން 2
ލާނަމެ ބާރު ދިވެހިން 2، ދޭނަމެ ހިތްވަރު ދިވެހިން 2
ހިނގާށެ…