ފުރަތަމަ ބޮޑު ހަނގުރާމައަށްފަހު، ދުނިޔޭގެ ޞުލްޙަ ބެލެހެއްޓުމަށްޓަކައި "ލީގް އޮފް ނޭޝަންސް" އުފެދުނު ނަމަވެސް، ދިގު މުއްދަތެއްގައި އެ ޖަމްޢިއްޔާ ވެގެންދިޔައީ ނާކާމިޔާބު އެއްޗަކަށެވެ. އެކި ސަބަބުތަކާހުރެ ދުނިޔޭގެ ޞުލްޙަ ދެމެހެއްޓުމުގައި ޤައުމުތައް ނާކާމިޔާބުވުމުގެ ހިތި ނަތީޖާއަކީ ދެވަނަ ބޮޑު ހަނގުރާމަ ފެށުމެވެ. އެހެންކަމުން، ދުނިޔޭގެ ޞުލްޙައަށްޓަކައި އެޅުނު އެންމެ މުހިންމު ފިޔަވަޅަކީ އދ. (ޔުނައިޓެޑް ނޭޝަންސް) އުފެއްދުމެވެ.…
ތަޢާރަފް
ދިވެހިރާއްޖެއަކީ އިންޑިއާ ކަނޑުގައި އޮންނަ ޖަޒީރާ ޤައުމެކެވެ. ބައިނަލްއަޤުވާމީ މުޖުތަމަޢުގައި ރާއްޖެ މަޝްހޫރުވެފައިވަނީ ރާއްޖޭގެ ޖިއޮގްރަފީ އޮނިގަނޑާއި، ތިމާވެށީގެ ނާޒުކުކަމާއި، އަދި ދުނިޔޭގެ ކަނޑުގެ ދަތުރުފަތުރުގެ ނިޒާމުގައި އޮތް އިސްތިރާޖީ މުހިންމު ސަރަހައްދީ މަޤާމުގެ ސަބަބުންނެވެ. ރާއްޖެއަކީ ބިމުގެ ބޮޑުމިނަށާއި އާބާދީއަށް ބަލާ އިރު ދުނިޔޭގައި އޮތް އެންމެ ކުދި ޤައުމުތަކުގެ ތެރެއިން އެއް ޤައުމަށް ވުމުން،…
1988 ވަނައަހަރުގެ ނޮވެންބަރު މަހުގެ 3ވަނަ ދުވަހަކީ ދިވެހި ކޮންމެ ރައްޔިތެއްގެ ހިތަށް ވެސް ބިރުވެރިކަމާއި ނާމާންކަން ގެނުވި ދުވަހެކެވެ. އެ ދުވަސް ނިމިގެން ދިޔައީ ދިވެހި އެތައް ޢާއިލާއެއްގެ ލޮލުން ލޭކަރުނަ އޮހޮރާލާފައެވެ. މުޅި ދިވެހިރާއްޖެ ހިތާމައިގެ ފުންކަނޑަކަށް ޣަރަގުކޮށްލާފައެވެ. ނަމަވެސް އެ ދުވަހަކީ ދިވެހިންނަށް ނަޞްރު ލިބުނު ދުވަހެވެ. އެތައް ގޮތަކުން ނަޞްރު ލިބުނު ދުވަހެކެވެ.…