ބައިނަލްއަޤްވާމީ ގުޅުންތަކުގެ ތާރީޚަކީ ތަފާތު އިސްތިޤްލާލީ ބާރުތަކާއި، ދައުލަތްތަކާއި، އަދި އަންބަރާތޫރިއްޔާތަކުން އެކަކު އަނެކަކާ ގުޅުން ބަހައްޓައި، ބާރުވެރިކަން ހޯދުމަށާއި ސުލްޙަޔާއި ތަރައްޤީއަށް ޓަކައި މަސައްކަތްކުރި ގޮތުގެ ތަފުޞީލެވެ. މީގެ ފެށުން ގުޅިފައިވަނީ ޤަދީމީ ޒަމާނުގެ ސުމާރީންނާއި، މިޞްރާއި، ޗައިނާ އަދި ޔޫނާނީ (ގްރީކް) ސިޓީ-ސްޓޭޓްތަކުގެ މެދުގައި ވެވުނު އެއްބަސްވުންތަކާއި ޚާރިޖީ ގުޅުންތަކާއެވެ. ނަމަވެސް، ޒަމާނީ ބައިނަލްއަޤްވާމީ ނިޒާމުގެ…
މިއަދުގެ މުޖުތަމައުގައި ތަފާތު އަދި ޚިޔާލުތަފާތުވުން ބޮޑު ޚިޔާލުތައް ގިނަވުމުގެ ސަބަބުން، އާންމުންގެ ކުރިމަތީގައި ވާހަކަދެއްކުމުގެ މުހިންމުކަން ވަނީ އިތުރުވެފައެވެ. މުޖުތަމައުގައި ހަމަޖެހިގެން އުޅުމަށް ޓަކައި މީހުން އެ މީހުންގެ ޚިޔާލުތައް ފާޅުކުރަންޖެހެއެވެ. ވޭތުވެދިޔަ ސާޅީސް ގަރުނުގެ ތެރޭގައި، އާންމުންގެ ކުރިމަތީގައި ވާހަކަދެއްކުމަކީ ދިމިގުރާތީ މުޖުތަމައެއް ބިނާކޮށް ދެމެހެއްޓުމުގެ މައިގަނޑު ތަޅުދަނޑިއެވެ. މީގެ ނުފޫޒު ވަރަށް ތަނަވަސްވެފައި، ވިސްނުމާއި…
މުއާމަލާތުކުރުމަކީ އިންސާނީ ގުޅުންތަކުގެ އަސާސެވެ. އަމިއްލަ ދިރިއުޅުމާއި ވަޒީފާގެ މައިދާނުގައި ކާމިޔާބީ ހޯދުމަށް ކޮންމެހެން ބޭނުންތެރި ކަމެކެވެ. މުއާމަލާތުކުރުމުގެ ހުނަރު ދަސްކޮށްދިނުމުގެ ނިޔަތުގައި މި ފަށާ މަސައްކަތުގައި ފުރަތަމަ މި އަލިއަޅުވާލާނީ މުއާމަލާތުކުރުމުގެ އަސާސީ މަފްހޫމްތަކާއި، މުއާމަލާތުކުރުމުގެ މަރުހަލާތަކާއި، އެކުލެވިގެންވާ ބައިތަކުގެ އިތުރުން، ދިރިއުޅުމުގެ އެކި މައިދާންތަކުގައި މުއާމަލާތުކުރުން އަދާކުރާ މުހިންމު ދައުރަށެވެ.
1. މުއާމަލާތުކުރުމުގެ މާނައާއި މުހިންމުކަން…
ފުރަތަމަ ބޮޑު ހަނގުރާމައަށްފަހު، ދުނިޔޭގެ ޞުލްޙަ ބެލެހެއްޓުމަށްޓަކައި "ލީގް އޮފް ނޭޝަންސް" އުފެދުނު ނަމަވެސް، ދިގު މުއްދަތެއްގައި އެ ޖަމްޢިއްޔާ ވެގެންދިޔައީ ނާކާމިޔާބު އެއްޗަކަށެވެ. އެކި ސަބަބުތަކާހުރެ ދުނިޔޭގެ ޞުލްޙަ ދެމެހެއްޓުމުގައި ޤައުމުތައް ނާކާމިޔާބުވުމުގެ ހިތި ނަތީޖާއަކީ ދެވަނަ ބޮޑު ހަނގުރާމަ ފެށުމެވެ. އެހެންކަމުން، ދުނިޔޭގެ ޞުލްޙައަށްޓަކައި އެޅުނު އެންމެ މުހިންމު ފިޔަވަޅަކީ އދ. (ޔުނައިޓެޑް ނޭޝަންސް) އުފެއްދުމެވެ.…
ތަޢާރަފް
ދިވެހިރާއްޖެއަކީ އިންޑިއާ ކަނޑުގައި އޮންނަ ޖަޒީރާ ޤައުމެކެވެ. ބައިނަލްއަޤުވާމީ މުޖުތަމަޢުގައި ރާއްޖެ މަޝްހޫރުވެފައިވަނީ ރާއްޖޭގެ ޖިއޮގްރަފީ އޮނިގަނޑާއި، ތިމާވެށީގެ ނާޒުކުކަމާއި، އަދި ދުނިޔޭގެ ކަނޑުގެ ދަތުރުފަތުރުގެ ނިޒާމުގައި އޮތް އިސްތިރާޖީ މުހިންމު ސަރަހައްދީ މަޤާމުގެ ސަބަބުންނެވެ. ރާއްޖެއަކީ ބިމުގެ ބޮޑުމިނަށާއި އާބާދީއަށް ބަލާ އިރު ދުނިޔޭގައި އޮތް އެންމެ ކުދި ޤައުމުތަކުގެ ތެރެއިން އެއް ޤައުމަށް ވުމުން،…
1988 ވަނައަހަރުގެ ނޮވެންބަރު މަހުގެ 3ވަނަ ދުވަހަކީ ދިވެހި ކޮންމެ ރައްޔިތެއްގެ ހިތަށް ވެސް ބިރުވެރިކަމާއި ނާމާންކަން ގެނުވި ދުވަހެކެވެ. އެ ދުވަސް ނިމިގެން ދިޔައީ ދިވެހި އެތައް ޢާއިލާއެއްގެ ލޮލުން ލޭކަރުނަ އޮހޮރާލާފައެވެ. މުޅި ދިވެހިރާއްޖެ ހިތާމައިގެ ފުންކަނޑަކަށް ޣަރަގުކޮށްލާފައެވެ. ނަމަވެސް އެ ދުވަހަކީ ދިވެހިންނަށް ނަޞްރު ލިބުނު ދުވަހެވެ. އެތައް ގޮތަކުން ނަޞްރު ލިބުނު ދުވަހެކެވެ.…
ގައުމެއް ދެމިއޮތުމުގައި އެންމެ މުހިންމު ހިއްސާއެއް އަދާކުރާ އެކައްޗަކީ އެ ގައުމެއްގެ ގައުމިއްޔަތު އޭގެ މައްޗަށް ބިނާވެގެންދާ ގައުމިއްޔަތުގެ ބަހާތަކެވެ. ދިވެހި ގައުމިއްޔަތުގެ މައިގަނޑު ބަހާތައް ކަމަށް އަޅުގަނޑުމެން މި ބަލަނީ މާތްވެގެންވާ އިސްލާމްދީނާއި، ދިވެހިބަހާއި، ދިވެހިންގެ މިނިވަންކަމާއި ދިވެހިންގެ ތާރީޚާއި އާދަކާދައާ ސަގާފަތެވެ. މި ސިފަތަކަކީ އަޅުގަނޑުމެންނަށް ލިބިފައިވާ އެއްބައެއްވަންތަ ސިފަތަކާއެކު، ގައުމެއްގެ އާބާދީ އެކަތިގަނޑެއްގެ ގޮތުގައި…
ލަވަ ހެދީ: ޙުސައިން ޞަލާޙް ޔޫސުފް.
އެކުގައި އެންމެން އަދު ކިޔަމާހޭ، އެކުވެރިވެގެން ތިބެ ކިޔަމާހޭ
އެކު ދެމިލިއަން އަދު ހަމަކޮށްލެވުނީމާ، އެއްއަޑުން ވީ އަޑު އުފުލަމާ
މަރުޙަބާ އޭ، މަރުޙަބާ އޭ، ރާއްޖެއިން މީކިޔާ މަރުޙަބާ
ހޯދި ފަޚުރެއް އަދުގައި…
ތިޔަ ހުރެވުނީ ކުލާސްރޫމެއްގެ ތެރޭގައި ކަމަށް ޚިޔާލަށް ގެންނާށެވެ. އެތަނުން އެންމެ ރަނގަޅަށް ވާހަކަދައްކާނީ ކާކުހެއްޔެވެ؟ ކުލާހުން އެންމެ ރަނގަޅަށް ވާހަކަދައްކާނެކަމަށް ހީވާ މީހުން ފާހަގަކޮށްލާށެވެ. އެމީހުންނަކީ އެމީހުންގެ ނަފުސަށް މާބޮޑަށް ޔަޤީންކަން އޮންނަ މީހުން ކަމަށް ހީވެދާނެއެވެ. އަދި ފަހަރުގާ އެމީހުން އެމީހުންގެ ނަފުސާމެދު އޮންނަ ޔަޤީންކަމަށް ވުރެ ތިބާއަށް އެމީހުންގެ ނަފުސަށް މާބޮޑަށް ޔަޤީންކަން އޮތްކަމަށް…
ވާހަކަ ލިއުނީ: ފާޠިމަތު ޝައިމް ޞަލާޙް
ނަހުލާއަށް ހޭލެވުނީ ކޮންމެވެސް މީހަކު ރޯ އަޑަށެވެ. މިއީ ފަހަކަށް އައިސް ކޮންމެ ރެއަކުހެން ވާ ކަމެކެވެ. މިހާރު ހަފުތާއެއް ވެދާނެއެވެ. ކުޑަދޮރު ކައިރިއަށް ދާއިރު އެއްވެސް މީހަކު ފެންނާކަށް ނުހުރެއެވެ.
މިރޭ ކަން ހިނގީ އެހެން ރޭރެޔާ ޚިލާފަށެވެ. އާދައިގެ މަތިން ކުޑަދޮރު ކައިރިއަށް ދިޔަތަނާ ހީވީ…