1988 ވަނައަހަރުގެ ނޮވެންބަރު މަހުގެ 3ވަނަ ދުވަހަކީ ދިވެހި ކޮންމެ ރައްޔިތެއްގެ ހިތަށް ވެސް ބިރުވެރިކަމާއި ނާމާންކަން ގެނުވި ދުވަހެކެވެ. އެ ދުވަސް ނިމިގެން ދިޔައީ ދިވެހި އެތައް ޢާއިލާއެއްގެ ލޮލުން ލޭކަރުނަ އޮހޮރާލާފައެވެ. މުޅި ދިވެހިރާއްޖެ ހިތާމައިގެ ފުންކަނޑަކަށް ޣަރަގުކޮށްލާފައެވެ. ނަމަވެސް އެ ދުވަހަކީ ދިވެހިންނަށް ނަޞްރު ލިބުނު ދުވަހެވެ. އެތައް ގޮތަކުން ނަޞްރު ލިބުނު ދުވަހެކެވެ.…